ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު - ޕްރޮކިއުމަންޓުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތައް

10.33 ބީލަން ހުށަހަޅާ ފަރާތްތަކުގެ ޢަމަލުތައް ބަހައްޓަންޖެހޭ ގޮތާއި، އެ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް
  • ދައުލަތުގެ ޕްރޮކިއުމަންޓުގައި ބައިވެރިވުމަށް، ބީލަން ހުށަހަޅާ ފަރާތްތަކުގެ ޢަމަލުތައް ބަހައްޓަންޖެހޭ ގޮތް ތިރީގައި މިވަނީއެވެ.

    1. ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރުމަށް ހެދިފައިވާ އެންމެހައި އެސޫލުތަކާ އެއްގޮތަށް ޢަމަލުކުރުން.
    2. ދެފަރާތުގެ ދެމެދުގައި ހެދޭ ކޮންޓްރެކްޓް ނުވަތަ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެމަތިން ޢަމަލުކުރުން. އަދި ކޮންޓްރެކްޓާބެހޭ އެހެނިހެން ލިޔުންތަކުގައި ބަޔާންކުރެވިފައިވާ އެންމެހައި ކަންތައްތައް ފުރިހަމަކުރުން.
    3. މިނިސްޓްރީން އެކުލަވައިލާ ޕްރޮކިއުމަންޓުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ބީލަންވެރިންގެ ސުލޫކީ މިންގަނޑާ އެއްގޮތަށް ޢަމަލުކުރުން.
  • ބީލަން ހުށަހަޅާ ފަރާތްތަކުގައި ހުންނަންޖެހޭ މައިގަނޑު ޝަރުޠުތައް، ތިރީގައި މިވަނީއެވެ.

    1. ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ޤާނޫނީ ހައިސިއްޔަތު، ބީލަން ހުށަހަޅާ ފަރާތްތަކަށް ލިބިފައި އޮތުން.
    2. މި ގަވާއިދުގެ 17 ވަނަ ބާބުގައިވާ ގޮތުގެ މަތިން ސަސްޕެންޝަނެއް ހިނގަމުންދާ ފަރާތެއް ކަމުގައި ނުވުން.
    3. އެ މަސައްކަތެއްގެ ބާވަތާއި، ކުޑަބޮޑުމިނަށް ބަލައި، އެ މަސައްކަތް ހަވާލުކުރާ އޮފީހަކުން ކަނޑައަޅާ އިތުރު ޝަރުޠުތައް ހަމަވާ ފަރާތެއް ކަމުގައި ވުން.