ދައުލަތުގެ މުދާ

11.07-2 ކައުންސިލްތަކުން މާލީ ކަންކަމުގައި ލުއިދިނުން
  • ކައުންސިލްތަކުގެ ނަމުގައި ހިންގާ މުޢާމަލާތަކާ ގުޅިގެން، ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް އެއްވެސް ލުޔެއް ނުވަތަ މަންފާއެއް ދޭންވާނީ، އެކަމާ ގުޅޭ ކައުންސިލެއްގެ މާލީ ޒިންމާދާރު ވެރިޔާ އެކަން އެ ކައުންސިލަކަށް ހުށަހެޅުމުން، އެފަދަ ލުޔެއް ނުވަތަ މަންފާއެއް ނުވަތަ އެހީއެއް ނުވަތަ ސަބްސިޑީއެއް ދިނުމަށް އެ ކައުންސިލަކުން ފާސްކުރާ ގޮތެއްގެ މަތީންނެވެ.

  • މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ލުޔެއް މީހަކަށް ނުވަތަ ފަރާތަކަށް ދޭންވާނީ، ނުވަތަ ދިނުމަށް އެއްބަސްވާންވާނީ، އެ މީހަކަށް ނުވަތަ އެ ފަރާތަކަށް ލިބޭ ގެއްލުމެއްގައި ނުވަތަ ކުރިމަތިވާ ދަތި ހާލަތެއްގައި، އެފަދަ ލުޔެއް ނުވަތަ މަންފާއެއް ދިނުމަކީ، އެ ކަމުގައި އިޖުތިމާޢީ މަޞްލަޙަތެއް ހިމެނޭ ކަމެއް ކަމުގައި ނުވަތަ ޢަދުލުވެރި ކަމެއް ކަމުގައި ނުވަތަ އެ ސަރަޙައްދުގެ އެކަށީގެންވާ ނިސްބަތެއްގެ ބައެއްގެ މަޞްލަޙަތު ހިމެނޭ ކަމެއް ކަމަށް ކައުންސިލަށް ފެންނަ ހާލަތްތަކުގައެވެ.

  • މި މާއްދާގެ (ހ) ގެ ދަށުން އެއްވެސް ލުޔެއް ނުވަތަ މަންފާއެއް ދީފިނަމަ، އެކަމުގެ މަޢުލޫމާތު، 30 (ތިރީސް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ލިޔުމުން ފޮނުވަންވާނެއެވެ.