ދައުލަތުގެ މުދާ

11.07-1 ދައުލަތުގެ އޮފީސްތަކުން މާލީ ކަންކަމުގައި ލުއިދިނުން
  • ދައުލަތުގެ ނަމުގައި، ކައުންސިލްތައް ފިޔަވައި، ދައުލަތުގެ އޮފީސްތަކުން ހިންގާ މުޢާމަލާތަކާ ގުޅިގެން ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް، އެއްވެސް ލުޔެއް ނުވަތަ މަންފާއެއް އެއްވެސް ފަރާތަކަށް ދޭންވާނީ، ނުވަތަ ދިނުމަށް އެއްބަސްވާންވާނީ، އެކަމަކާ ގުޅުންހުރި ދައުލަތުގެ އޮފީހަކުން މިނިސްޓަރަށް ހުށަހެޅުމުން، މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްރިއްޔާގެ ހުއްދަ ލިބިގެންނެވެ.