ދައުލަތުގެ އޮފީސްތަކުން ޕްރޮކިއުމަންޓުގެ ކަންތައްތައް ގެންދާނޭ ރަނގަޅު އުސޫލުތަކެއް ކުރިޔަށް ރާވައި އިންތިޒާމުކުރަންވާނެއެވެ. އެގޮތުން ކުރިޔަށް ރޭވުމުގައި ތިރީގައިމިވާ ކަންތައްތަކަށް ސަމާލުކަން ދޭންވާނެއެވެ.
ވަކިގޮތަކަށް ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރިޔަށް ގެންދިޔުމުގެ ގޮތުން ޕްރޮކިއުމަންޓުގެ ވާދަވެރިކަން ގެއްލޭގޮތަށް އެއްކަމެއްގެ ގޮތުގައި ބެލޭ ކަންތައްތައް ވަކިވަކިނުކުރުން.
ޕްރޮކިއުމަންޓުގެ ކަމަކަށް ހިނގާނޭ ޚަރަދާއި އެކަމެއްގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި ލިބިގަތުމަށްޓަކައި ވަކި މުއްދަތަކަށް ޕްރޮކިއުކުރަންޖެހޭ ތަކެތި ނުވަތަ ޚިދުމަތް ނުވަތަ މަސައްކަތްތައް އެއްކޮށްލުން.
އާންމުކޮށް ބޭނުންކުރާ ނުވަތަ ވަކި ކަމަކަށް ބޭނުންވާ ތަކެތި މަރުކަޒީ އުސޫލުން ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ބޭނުންވާ މަޢުލޫމާތު، މިނިސްޓްރީ އޮފް ފިނޭންސްގައި އެކަމަށް ހެދިފައިވާ ސެކްޝަނަށް ފޯރުކޮށްދިނުން.