ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، ގެންގުޅުމާއި، ހިސާބުތައް ލިޔެ ބެލެހެއްޓުމުގައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފުވާ ފަރާތްތަކުގެ މައްސަލަތައް ބެލުމާއި، ފިޔަވަޅު އެޅުން

17.04 މައްސަލަ ބަލާ ކޮމިޓީގެ މައިގަނޑު މަސްއޫލިއްޔަތު
  • މި މާއްދާގެ (ށ) ގައި އެގޮތަށް ބަޔާންކޮށްފައިވީނަމަވެސް، "މާލިއްޔަތުގެ މައްސަލަ ބަލާ ކޮމިޓީ" ގެ މަސްއޫލިއްޔަތުތައް މި ގަވާއިދާއި، ކޮމިޓީގެ ހިންގާ އުސޫލުގައި ކަނޑައެޅިފައި އޮންނަންވާނެއެވެ.

  • ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި މި ގަވާއިދުގެ ދަށުން އެއްވެސް ފަރާތަކާމެދު ފިޔަވަޅެއް އެޅުމަށް އެދި އޮޑިޓަރ ޖެނެރަލްގެ އޮފީހުން އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހުށަހަޅައިފިނަމަ، އެ މައްސަލަތަކުގައި މާލިއްޔަތުގެ މައްސަލަ ބަލާ ކޮމިޓީއަށް ފެންނަ ގޮތް މިނިސްޓަރަށް ރިޕޯޓުކުރަންވާނެއެވެ.

  • ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި މި ގަވާއިދުގެ ދަށުން ފިޔަވަޅު އަޅަންޖެހޭކަމަށް އިންޓަރނަލް އޮޑިޓް ރިޕޯޓުތަކުން ފާހަގަކުރެވޭ މައްސަލަތައް ބަލައި މިނިސްޓަރަށް ރިޕޯޓުކުރަންވާނެއެވެ.

  • ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، ގެންގުޅުމާއި، ހިސާބުތައް ލިޔެ ބެލެހެއްޓުމުގައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް ކުރާ ކުށްތައް ދެނެގަތުމާއި އެފަދަ ކުށްތައް މަދުކުރުމުގެ ގޮތުން މައްސަލަ ބަލާ ކޮމިޓީގެ ހިންގާ އުސޫލުގައި މިނިސްޓަރު ކަނޑައަޅާފައިވާ އެހެނިހެން މަސްއޫލިއްޔަތުތައް ކޮމިޓީން އަދާކުރަންވާނެއެވެ.