މުސާރައާއި އުޖޫރައާއި ޢިނާޔަތް، އަދި މުވައްޒަފުންނަށް ހިނގާ ޚަރަދު

7.09 މުސާރައާއި އެހެނިހެން އެލަވަންސްތަކަށް ގެންނަ ބަދަލު
  • މުވައްޒަފެއްގެ މަޤާމަށް ނުވަތަ ވަޒީފާއަށް އަންނަ ބަދަލަކާ ގުޅިގެން ދެވޭ މުސާރައަށް ނުވަތަ އެލަވަންސަކަށް ބަދަލެއް އަންނަނަމަ، އެ ގެނެވޭ ބަދަލެއް މިނިސްޓްރީ އޮފް ފިނޭންސްއަށް އަންގަންވާނެއެވެ.

  • މުވައްޒަފަކަށް މުސާރައިގެ ކުރިއެރުމެއް ދޭނަމަ، އެ ކުރިއެރުމެއް ދިނުމުގެ ކުރިން އެކަމާ ގުޅޭގޮތުން މާލީޒިންމާދާރުވެރިޔާއާ މަޝްވަރާކޮށް ބަޖެޓުގައި ފައިސާ ހުރިކަން ޔަގީންކުރަންވާނެއެވެ. އަދި ބަޖެޓުގައި ފައިސާ ހުރިނަމަ، އެ މުވައްޒަފަކަށް ވަޒީފާދިން ފަރާތުން ހަމަޖައްސާ ގޮތެއްގެމަތިން މުސާރައިގެ ކުރިއެރުން ދޭންވާނެއެވެ.

  • އަލަށް ވަޒީފާދެވޭ މުވައްޒަފުންނާއި، އެއްތަނުން އަނެއް ތަނަށް ބަދަލުވާ މުވައްޒަފުންގެ މަޢުލޫމާތު މިނިސްޓްރީ އޮފް ފިނޭންސްއިމިނިސްޓްރީ އޮފް ފިނޭންސްއަށް އަންގަންވާނީ އެ ބަދަލުތައް އެނގޭނޭ ގޮތަކަށް އެކުލަވައިލާފައިވާ ޗިޓަކުންނެވެ.

  • ވަޒީފާއިން ވަކިކުރެވޭ، ނުވަތަ މަސައްކަތުން ދުރުކުރެވޭ މުވައްޒަފުންގެ މަޢުލޫމާތުވެސް އަންގާނީ އެ ބަދަލުތައް އެނގޭނޭ ގޮތަކަށް އެކުލަވައިލާފައިވާ ޗިޓަކުންނެވެ.