ދައުލަތުގެ މުދާ

11.24 ދައުލަތުގެ މުދާ ނައްތާލުން
  • މި ގަވާއިދުގެ 11.22 ވަނަ މާއްދާގައިވާގޮތުގެ މަތިން، ދައުލަތުގެ މުދަލެއް ނައްތާލުމަށް ނުވަތަ އުކާލުމަށް ކަނޑައަޅާ ތަކެތި، ނައްތާލުމުގެ ކުރިން ނުވަތަ އުކާލުމުގެ ކުރިން އެފަދަ ތަކެތީގެ ލިސްޓު ނަގައި، ކަމާބެހޭ ދެ މުވައްޒަފަކު ސޮއިކޮށް، މާލީޒިންމާދާރުވެރިޔާ ހުއްދަދިންކަމުގެ ސޮއިކުރުމަށްފަހު، އެ ތަކެތި ނައްތާލައި އުކާލެވިދާނެއެވެ.

  • އެހެން ކަމަކަށް ބޭނުން ނުކުރެވޭނެ ބާވަތުގެ ތަކެތި، ނުވަތަ އެ ތަކެތި ވިއްކުމުގެ ސަބަބުން ބަޔެއްގެ އާންމު ޞިއްޙަތަށް ގެއްލުމެއްވެދާނެ ބާވަތުގެ ތަކެތި، އެ ތަކެތި ވިއްކުމުގެ ސަބަބުން ޞިއްޙަތަށް ވެދާނެ ގެއްލުން ބަޔާންކުރުމާއެކު، އެކަށީގެންވާ ގޮތެއްގެމަތިން ނައްތާލެވިދާނެއެވެ.