ދައުލަތުގެ ފައިސާއާއި، ފައިސާ ހޯދުމާއި، ބަލައިގަތުމާއި އަދި ބެލެހެއްޓުން

5.24 ފޮތް، މަޖައްލާ، ޓިކެޓުފަދަ ތަކެތި ވިއްކައިގެން ލިބޭ ފައިސާ
  • ދައުލަތުގެ އެކި ފަރާތްތަކުން ފޮތް، މަޖައްލާ، ޓިކެޓު ވިއްކައިގެން ނުވަތަ އެނޫންވެސް ގޮތަކުން ލިބޭ ފައިސާ އާމްދަނީގެ ގޮތުގައި ޖަމާކުރުން ފިޔަވައި އެ ފައިސާއަށް އެހެން ގޮތެއް ހަދަންވާނީ މިނިސްޓްރީ އޮފް ފިނޭންސްއަށް ލިޔެ އެކަމަށް ޚާއްޞަ ހުއްދައެއް ހޯދައިގެންނެވެ.

  • މި މާއްދާގެ (ހ) ގައި ބުނެފައިވާފަދަ ކަންތައްތަކަށް ލިބޭ ފައިސާގެ ފޮތްތަކާއި ހިސާބުތައް ބަލަހައްޓާފައި ހުންނަންވާނީ، އެ ހިސާބުތައް ފަހުން ޗެކުކުރެވޭނޭ ގޮތަކަށެވެ. (މިސާލު: މައުރަޒަކަށް ނުވަތަ އެންޓަރޓެއިންމަންޓް ޝޯއަކަށް، ނުވަތަ ކުޅިވަރު މުބާރާތަކަށް ވިއްކާ ޓިކެޓު އޮންނަންވާނީ ދެބަޔަކަށް ނުވަތަ ތިންބަޔަކަށެވެ. އޭގެ ތެރެއިން އެއްބައި (ކައުންޓަރފޮއިލް) ޗެކުކުރުމަށްޓަކައި ތަނުގައި ރައްކާކޮށްފައި ބާއްވަންވާނެއެވެ.)

  • މި މާއްދާގެ (ހ) ގައި ބުނެފައިވާފަދަ ތަކެތީގެ ސްޓޮކް މި ގަވާއިދާ އެއްގޮތަށް ބަލަހައްޓަންވާނެއެވެ.

  • މިފަދަ ކަންތައްތަކާބެހޭ ހިސާބުފޮތްތައް ބަލަހައްޓަންވާނީ އޮޑިޓަރ ޖެނެރަލް ލަފާދޭ ގޮތަކަށެވެ.