ދައުލަތުގެ މުދާ

11.01 ދައުލަތުގެ މުދާ
  • ދައުލަތުގެ މުދަލަކީ ދައުލަތަށް މިލްކުވެގެންވާ، ނުވަތަ ދައުލަތުގެ ނަމުގައި މީހެއްގެ ބެލުމުގެދަށުގައިވާ އުފުލޭ ނުވަތަ ނުއުފުލޭ މުދަލެވެ.

  • ދައުލަތުގެ ބަޖެޓުންނާއި ދައުލަތުން ބަލަހައްޓާ ފަންޑު އެކައުންޓުތަކުން ޚަރަދުކޮށްގެން ދައުލަތުގެ އޮފީސްތަކަށް ހޯދާ އެންމެހައި ހަރުމުދަލާއި، އެހީގެ ގޮތުގައި ދައުލަތަށް ލިބޭ ހަރުމުދަލާއި، އެނޫން ގޮތްގޮތުން ދައުލަތުގެ އޮފީސްތަކަށް ލިބޭ އެންމެހައި ހަރުމުދަލަކީ ދައުލަތުގެ މިލްކެކެވެ. މިގޮތުން ހޯދާ މުދަލުގެ ތެރެއިން ޤާނޫނީގޮތުން ރަޖިސްޓަރީކުރަންޖެހޭ ކޮންމެ މުދަލެއް ޤާނޫނެއްގައި އެހެން ގޮތަކަށް ކަނޑައަޅައިފައިނުވާނަމަ ރަޖިސްޓަރީކުރަންވާނީ މިނިސްޓްރީ އޮފް ފިނޭންސްއިން ކަނޑައަޅާ އުސޫލެއްގެ މަތިންނެވެ.