މުދާ ގަތުމަށް ނުވަތަ ޚިދުމަތެއް ހޯދުމަށް ވެރިޔަކު ހުއްދަދީގެން އޯޑަރުކޮށްފައިވާނަމަ، ނުވަތަ އެދިފައިވާނަމަ، އެ ވަގުތު އެ މުދާ ލިބެންނެތްނަމަވެސް އެކަމަށް ބޭނުންވާ ފައިސާ އެ ޚަރަދެއް ކުރުމަށް ހަމަޖައްސާފައިވާ އެކައުންޓުން ނުވަތަ ބަޖެޓުގެ އައިޓަމުން އުނިކޮށް ވަކިން ބަހައްޓަންވާނެއެވެ. އަދި ވަކިން ބެހެއްޓި ފައިސާއިން އެކަމެއް ކުރެވޭގޮތް ނުވެއްޖެނަމަ ނުވަތަ ބާކީވެއްޖެނަމަ، އެކަން ހިސާބުތަކުން ހަމަޖައްސަންވާނެއެވެ.