އެހެނިހެން މާލީކަންކަން ހިންގައި ބެލެހެއްޓުން

13.10 ޕަބްލިކް ފަންޑްތަކުގެ ހިސާބު ބެލެހެއްޓުން
  • ތތިރީގައިވާ ޕަބްލިކް ފަންޑްތަކުގެ ހިސާބުތައް، އޮޑިޓަރ ޖެނެރަލް ކަނޑައަޅާ ގޮތެއްގެމަތިން މިނިސްޓްރީ އޮފް ފިނޭންސްއިން ލިޔެ ބަލަހައްޓަންވާނެއެވެ.

    1. ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑް
    2. ލޯންސް އެންޑް ކެޕިޓަލް ވަރކްސް ފަންޑް
    3. އެޑްވާންސް ފަންޑް
    4. ޓްރަސްޓް ފަންޑް
  • ޕަބްލިކް ފަންޑްތަކުގައި ހުރި ފައިސާގެ ޖުމުލަ، ޕަބްލިކް ބޭންކް އެކައުންޓުގައި ހުރި ފައިސާއާއި މި ގަވާއިދުގެ 13.02 ވަނަ މާއްދާގައިވާ ގޮތުގެމަތިން ދައުލަތުން އިންވެސްޓްކޮށްފައިވާ ފައިސާގެ ޖުމުލަ އަދަދާ އެއްވަރުވާންވާނެއެވެ.

  • ދައުލަތުން އިންވެސްޓްކުރާ ފައިސާގެ ޕްރިންސިޕަލް އަދަދު ފިޔަވައި، ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރެވޭ ހުރިހާ ފައިސާއެއް، އޮޑިޓަރ ޖެނެރަލް ކަނޑައަޅާ ގޮތެއްގެމަތިން ހިސާބުކޮށް، ޕަބްލިކް ފަންޑްތަކުގެ ހިސާބުތަކުގައި އޭގެ ތަފުސީލު ހިމަނަންވާނެއެވެ.