ދައުލަތުގެ ފައިސާއާއި، ފައިސާ ހޯދުމާއި، ބަލައިގަތުމާއި އަދި ބެލެހެއްޓުން

5.04 ދައުލަތަށް ފައިސާ ލިބޭ ކަންތައްތަކުގެ ދަފުތަރު ބެލެހެއްޓުން
  • ދައުލަތަށް ފައިސާ ލިބޭ ކަންތައްތަކުގެ ތެރެއިން އެ އޮފީހަކަށް ލިބޭ ފައިސާގެ ދަފުތަރެއް ދައުލަތުގެ ކޮންމެ އޮފީހަކުންވެސް ބަލަހައްޓަންވާނެއެވެ. މި ދަފުތަރުގައި އެ ފައިސާއެއް ނަގަން ހަމަޖެހުނު ޤާނޫނު ނުވަތަ ގަވާއިދު ނުވަތަ އެކަމެއް ހަމަޖެހުނު ގޮތުގެ ތަފުސީލާއި ރިފަރެންސް ނަންބަރާއި ތާރީޚު އެނގެން އޮންނަންވާނެއެވެ.

  • މި މާއްދާގެ (ހ) ގައި ބުނެފައިވާ ދަފުތަރު އޮންނަންވީ ގޮތުގެ ނަމޫނާ މި ގަވާއިދުގެ MG/RV01 ގައި ވާނެއެވެ.