ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު - ޕްރޮކިއުމަންޓުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތައް

10.30 އަގުން އުނިކުރާގޮތަށް ތަކެތި ދިނުން
  • ދައުލަތުގެ އޮފީސްތަކުން ކުރުވަންޖެހޭ މަސައްކަތްތައް ކުރުވުމުގައި ނުވަތަ ކޮންޓްރެކްޓްތައް ހިންގުމުގައި އެ މަސައްކަތަކަށް ނުވަތަ އެކަމަކަށް ބޭނުންވާ ހުރިހާ އެއްޗެއް ކޮންޓްރެކްޓަރު އަމިއްލައަށް ހޯދައިގެން ކުރެވެން ހުންނަ ހުރިހާ ކަމެއް ކުރުވަންވާނީ ކޮންޓްރެކްޓަރުގެ އަމިއްލަ ތަކެތީގައެވެ. އެނޫން ކަންތައްތައް ކުރުވާނީ، އެ އޮފީހަކުން ތަކެތި ހޯދައިގެންނެވެ.

  • އަގުން އުނިކުރާގޮތަށް ތަކެތި ދީގެން ކުރުވާ މަސައްކަތްތަކަށް، މަސައްކަތްކުރި ފަރާތަށް އަގު ދޭއިރު އަގު ދޭންވާނީ އަގުން އުނިކުރާގޮތަށް ދެވުނު ތަކެތީގެ އަގު އުނިކުރުމަށްފަހުގައެވެ.