ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު - ޕްރޮކިއުމަންޓުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތައް

10.05 ޕްރައިވެޓް އިންވެސްޓްމަންޓަށް އަމާޒުކޮށްގެން ހިންގޭ އެކިއެކި ހަރަކާތްތައް

ޕްރައިވެޓް އިންވެސްޓްމަންޓަށް އަމާޒުކޮށްގެން ހިންގާ ރީހެބިލިޓޭޝަން މަސައްކަތްތަކާއި، ޢުމްރާނީ މަސައްކަތްތަކާއި، ޚިދުމަތް ފޯރުކޮށްދިނުމާއި، ހިންގައި ބެލެހެއްޓުމާއި، ދައުލަތުގެ މުދާ ބެލެހެއްޓުމާއި، އަގުބޮޑު ތަކެތި ހޯދުމުގެ ކޮންޓްރެކްޓް ހަވާލުކުރަންވާނީ، ދައުލަތުން ހާސިލުކުރަން ބޭނުންވާ ކަންތައްތައް ހާސިލުކުރެވޭނެ ގޮތުގެމަތިން، މި ގަވާއިދުގައި ޢަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.