ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު - ޕްރޮކިއުމަންޓުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތައް

10.54 ކޮންޓްރެކްޓްތައް ހިންގުން

ދައުލަތުގެ އޮފީސްތަކުން ހަވާލުކޮށް ހިންގާ ކޮންޓްރެކްޓްތަކަށް ކޮންޓްރެކްޓް މެނޭޖަރެއް ނުވަތަ މެނޭޖަރުން ޢައްޔަންކުރަންވާނެއެވެ. ކޮންޓްރެކްޓް މެނޭޖަރުގެ ޒިންމާތަކުގެ ތެރެއިން މައިގަނޑު ޒިންމާތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

-	ކޮންޓްރެކްޓުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ހިންގުން.
-	ކޮންޓްރެކްޓާ އެއްގޮތްވާ ގޮތުގެމަތިން ސަޕްލަޔަރ ނުވަތަ ކޮންޓްރެކްޓަރ ކުރަންޖެހޭ ކަންތައްތައް ކުރާކަން ޔަގީންކުރުން.