ދިވެހި ސަރުކާރުން ބޭރު ޤައުމަކާއެކު ނުވަތަ ބައިނަލްއަޤުވާމީ ޖަމުޢިއްޔާއަކާއެކު ވެފައިވާ އެއްބަސްވުމެއްގައި ޕްރޮކިއުކުރުމަށް ކަނޑައަޅާފައިވާ އުސޫލެއްގެ މާއްދާއަކާއި، މި ގަވާއިދުގެ މާއްދާއެއް ތައާރުޒުވާ ހާލަތްތަކުގައި، އެ މާއްދާއެއް ޤާނޫނާއި ތައާރުޒުނުވާހައި ހިނދަކު އިސްކަންދޭނީ ބޭރުގެ ފަރާތާއެކު ވެފައިވާ އެއްބަސްވުމުގައި ހަވާލާދީފައިވާ އުސޫލުގައިވާ ގޮތަށެވެ.
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތް ނޫން އެހެން ކަންކަމުގައި ޕްރޮކިއުމަންޓުގެ މަސައްކަތް ކުރިޔަށް ގެންދިޔުމުގައި ޢަމަލުކުރަންވާނީ މި ގަވާއިދުގައިވާ ގޮތަށެވެ.