ޚަރަދުކުރުމަށް ނަގާ ފައިސާއެއް، ބާކީވެއްޖެނަމަ ނުވަތަ ޚަރަދުނުކުރެވިއްޖެނަމަ، އެ ފައިސާ ގިނަވެގެން ރަސްމީ މަސައްކަތު 3 (ތިނެއް) ދުވަހުގެތެރޭގައި އެ ފައިސާ ނެގި ކޯޑަށް އަނބުރައި ޖަމާކުރުމަށްފަހު ފިނޭންސް މިނިސްޓްރީއަށް އެ މަޢުލޫމާތު ރަސްމީ މަސައްކަތު 2 (ދޭއް) ދުވަހުގެތެރޭގައި ލިޔުމުން އަންގަންވާނެއެވެ.
މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ހުންނަ ފައިސާގެ ތެރެއިން ޚަރަދުނުކުރެވޭގޮތް މެދުވެރިވެފައިވާ ފައިސާއާއި، ވަކި ކަމަކަށް ނެގި ފައިސާއިން ބާކީވެފައި ހުންނަ ފައިސާ، އެ ކޯޑަކުން ދެން ކުރަންޖެހޭ ޚަރަދަކުން އެޖަސްޓްމަންޓެއް ހަދައިގެން ހަމަޖެއްސިދާނެއެވެ. މިފަދަ އެޖަސްޓްމަންޓް ހަދާނީ އެ ޚަރަދެއް ކުރި ސަބްކޯޑަކުން ކުރަންޖެހޭ ޚަރަދުތަކަށް އެކަންޏެވެ. (މިސާލަކަށް: ދަތުރު ޚަރަދުގެ ކޯޑު އެއީ ބަޖެޓުގެ މައިކޯޑު ކަމަށްވާނަމަ، އެއްގަމު ދަތުރު ޚަރަދުގެ ކޯޑަކީ އެ ކޯޑުގެ ސަބްކޯޑެކެވެ.)
މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ފައިސާ އަނބުރާ ޖަމާކުރަންޖެހޭ އައިޓަމުން ޚަރަދެއްކުރަން ނުޖެހި، ފައިސާ އެތަނެއްގައި ގިނަދުވަހު ބަހައްޓަންޖެހޭގޮތް ދިމާވާނަމަ، ވީއެންމެ އަވަހަކަށް އެ ފައިސާއަށް ހަދަންވީ ގޮތެއް މިނިސްޓްރީ އޮފް ފިނޭންސްއަށް ލިޔެގެން ހަމަޖައްސަންވާނެއެވެ.
ސެންޓްރަލް ޕޭމަންޓް ސިސްޓަމްގެ ތެރެއިން ނުވަތަ އެހެންވެސް ގޮތަކުން ފައިސާ ލިބެންވާ ފަރާތަށް އިތުރަށް ދެއްކޭ ފައިސާގެ ކަންތައް ހަމަޖައްސާނީ، އެކަން އެފަރާތަށް ލިޔުމަކުން އަންގައި، ފައިސާ ލިބެންވާ ފަރާތަށް ދޭންޖެހޭ ފައިސާއެއް ހުރިނަމަ އޭގެތެރެއިން އެޖަސްޓްކުރާގޮތަށް ނުވަތަ އިތުރަށް ދެވުނު ފައިސާ އަނބުރާ ހޯދާގޮތަށެވެ. މިއިން ކޮންމެ ގޮތަކަށް ނިންމިކަމުގައިވިޔަސް އެކަން ނިންމި ގޮތް މިނިސްޓްރީ އޮފް ފިނޭންސްއަށް ލިޔުމަކުން އަންގަންވާނެއެވެ.
މި މާއްދާގެ (ރ) ގައިވާފަދަ ހާލަތެއް މެދުވެރިވެގެން ފައިސާ ލިބެންވާ ފަރާތަކަށް އިތުރަށް ދެވިފައިވާ ފައިސާ، އެފަރާތަކަށް ދޭންޖެހޭ ފައިސާއިން އެޖަސްޓްކުރަން ބަލާއިރު، އިތުރަށް ފައިސާ ދެވުނު ކޯޑުން ފައިސާ ލިބެންވާ ފަރާތަކަށް ދޭންޖެހޭ ފައިސާއެއް ނެތްނަމަ، އަދި އެހެން ކޯޑަކުން ނުވަތަ ކޯޑުތަކުން ފައިސާ ލިބެންވާ ފަރާތަށް ދޭންޖެހޭ ފައިސާ ހުރިނަމަ، އެ ފައިސާގެ ތެރެއިން އިތުރަށް ދެވުނު ފައިސާ އެޖަސްޓްކުރުމަށްފަހު، އެކަން ނިންމި ގޮތް މިނިސްޓްރީ އޮފް ފިނޭންސްއަށް ލިޔުމަކުން އަންގަންވާނެއެވެ.
ސޚަރަދުކުރުމަށް ނަގައި ޚަރަދުނުވާގޮތަށް މެދުވެރިވާ ފައިސާ އެކައުންޓަށް އަނބުރާ ޖަމާކޮށްގެން ހިސާބުތަކުން ހަމަޖައްސަންވީ ގޮތް މި ގަވާއިދުގެ MG/BC02ގައި ވާނެއެވެ.