ނިމުނު މާލީއަހަރުގެ ޚަރަދު ހިސާބުތައް ނިންމިފަހުން، ނިމުނު މާލީއަހަރުގެ ތެރޭގައި ޚަރަދުކޮށްފައިވާ ފައިސާއެއް އަނބުރާ ލިބިއްޖެނަމަ، އެއީ ކޮން ފައިސާއެއްކަން އެނގޭނެ ގޮތެއްގެމަތިން ލިޔެ ދައުލަތުގެ އާމްދަނީއަށް ޖަމާކުރުމަށްފަހު، ސަރުކާރު ބަންދު ނޫން 30 (ތިރީސް) ދުވަހުގެ ތެރޭގައި މިނިސްޓްރީ އޮފް ފިނޭންސްއަށް އެކަން އަންގަންވާނެއެވެ.