ދައުލަތުގެ ފައިސާއާއި، ފައިސާ ހޯދުމާއި، ބަލައިގަތުމާއި އަދި ބެލެހެއްޓުން

5.36 އެކި ފަރާތްތަކަށް ފޮނުވޭ ބިލުތަކަށް ނުވަތަ އެނޫން ކަމަކަށްވެސް ފައިސާ ދައްކަންޖެހޭ މުއްދަތުގައި ފައިސާ ނުދެއްކުމުން ޢަމަލުކުރަންޖެހޭ ގޮތް

އެކި ފަރާތްތަކަށް ފޮނުވޭ ބިލުތަކަށް ނުވަތަ އެނޫން ކަމަކަށްވެސް ފައިސާ ދައްކަންޖެހޭ މުއްދަތު ހަމަވަނީ ބަންދު ދުވަހެއްގައި ކަމުގައިވާނަމަ، ޖެހިގެން ހުޅުވޭ ދުވަހު ބިލުގެ ފައިސާ ދައްކައިފިނަމަ، ޖޫރިމަނާކުރާކަށް ނުޖެހޭނެއެވެ. ހުޅުވުނު ދުވަހު ފައިސާ ނުދައްކައިފިނަމަ، މުއްދަތު ހަމަވެގެން ނަގަންޖެހޭ ޖޫރިމަނާ ނަގަންވާނެއެވެ.