ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު - ޕްރޮކިއުމަންޓުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތައް

10.66 ކޮންމެ 3 މަހަކަށް މުދާ ހޯދުން

މެޝިނަރީއާއި އިކުއިޕްމަންޓްފަދަ އަގުބޮޑު ތަކެތި ހޯދަންވާނީ، ވޮރަންޓީ ނުވަތަ ގަރަންޓީދޭ އަދި އެ ބާވަތުގެ މުދާ އެތެރެކޮށް ވިއްކާ ފަރާތަކުން ނުވަތަ އެ ބާވަތުގެ މުދާ އާންމުކޮށް ވިއްކައިހަދާ ތަނަކުންނެވެ. ހޯދާ ތަކެތީގައި، އުފެއްދުމުގެ ގޯހެއް ނުވަތަ އުނިކަމެއް ހުރިނަމަ، މުދާ ގެނެސްދިން ފަރާތުން ނުވަތަ މުދާ އުފެއްދި ފަރާތުން ނުވަތަ މުދާ ފޮނުވައިދިން ފަރާތުން އެކަމެއް ރަނގަޅުކޮށްދޭންވާނެއެވެ. އަދި އެ މުދަލަކަށް ދީފައިވާ ވޮރަންޓީ ނުވަތަ ގަރަންޓީގެ މުއްދަތުގައި، ވޮރަންޓީ ނުވަތަ ގަރަންޓީ ދިނުމުގައި އެއްބަސްވެފައިވާގޮތަށް އެކަމެއްވެސް ރަނގަޅުކޮށްދޭންވާނެއެވެ.