މުވައްޒަފުންނަށް މުސާރަ ދިނުމަށްޓަކައި ޕޭމަންޓް ވައުޗަރު ތައްޔާރުކުރުމުގައި އަސްލެއްކަމަށް ބަލާނީ، މުސާރަ ދިނުމަށްޓަކައި ތައްޔާރުކުރެވޭ މުސާރަޝީޓާއި އެއާގުޅޭ އަސްލު ލިޔުންތަކެވެ. ޕޭމަންޓް ވައުޗަރު ހަދާނީ މުސާރަޝީޓުގައިވާ ތަފާތު ކޮލަމުތަކުގެ ޖުމުލަ ފައިސާ ތަފާތު އެކައުންޓުތަކަށް ދައްކަންޖެހޭނަމަ ވަކިވަކި ޗެކު ހެދޭ ގޮތެއްގެމަތިންނެވެ. މިގޮތުން ހަދަންޖެހޭ ކޮންމެ ޗެކަކަށް ބޭނުންވާ މަޢުލޫމާތު އެ ވައުޗަރެއްގައި ހިމަނަންވާނެއެވެ.