ދަތުރު ޚަރަދާއި، ޖަލްސާތަކާއި ބައްދަލުވުންތަކަށް ކުރާ ޚަރަދު

8.09 ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ކުރާ ދަތުރުތަކުގައި ދަތުރު އެލަވަންސް ދިނުން
  • ދައުލަތުގެ އޮފީސްތަކުން ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ކުރާ ދަތުރުތަކުގައި ބައިވެރިވާ މުވައްޒަފުންނަށް، ދަތުރުއެލަވަންސް ދޭންވާނީ މިނިސްޓްރީ އޮފް ފިނޭންސްއިން ކަނޑައަޅައި ޝާއިޢުކުރާ ރޭޓަކަށެވެ.

  • ދަތުރުގައި 12 (ބާރަ) ގަޑިއިރު ނުވަތަ އެއަށްވުރެ ގިނަވަގުތު ހޭދަވާނަމަ، ރެއަކާއިދުވާލަކަށް ކަނޑައެޅިފައިވާ އެލަވަންސް ދޭންވާނެއެވެ.

  • ރައްޔިތުންގެ މަޖިލީހުން މުސާރައާއި އެލަވަންސް ކަނޑައަޅާފައިވާ ފަރާތްތަކާއި، އެފަރާތެއްގެ މުސާރައިގެ ތެރޭގައި ލިވިންގ އެލަވަންސް ހިމެނިފައިވާ ފަރާތްތަކަށް، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ދަތުރު އެލަވަންސެއް ނުލިބޭނެއެވެ.