ދައުލަތުގެ އޮފީހަކަށް ޒިޔާރަތްކުރާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިއްޒަތްތެރިންނަށް، އެ އޮފީހެއްގެ އެންމެ އިސްވެރިންގެ ފަރާތުން ރިސެޕްޝަނެއް ދިނުންފަދަ ކަމެއް ކުރަންވާނީ، އެކަމަށް ބޭނުންވާ ފައިސާ ބަޖެޓުގައި ހުރެގެންނެވެ. އަދި އެކަން ކުރަންވާނީ ދައުލަތުގެ ޕްރޮކިއުމަންޓް އުސޫލާ އެއްގޮތަށެވެ.