ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު - ޕްރޮކިއުމަންޓުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތައް

10.15 ދައުލަތުގެ އޮފީސްތަކުގެ ބިޑްކޮމިޓީތަކުން ހުއްދަދިނުމާއި، ހުއްދަދެވޭނެ މިންވަރު
  • ބިޑްކޮމިޓީތަކުން ހުއްދަދެވޭނެ މިންވަރު، މި ބާބުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާނެއެވެ.

  • ބިޑްކޮމިޓީގެ ހުއްދަ ހޯދުމަށް ހުށަހަޅާ ޕްރޮކިއުމަންޓްތަކަށް ހުއްދަ ދިނުމުގެ ކުރިން، ޕްރޮކިއުމަންޓްތައް ކުރިޔަށް ގެންގޮސްފައިވަނީ މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންކަން، އެ ކޮމިޓީން ބަލައި ޗެކުކުރަންވާނެއެވެ.

  • ބިޑްކޮމިޓީން ޕްރޮކިއުމަންޓަކަށް ހުއްދަދެވޭނީ، އެ ކޮމިޓީން ހުއްދަދިނުމަށް ކަނޑައަޅައިފައިވާ މިންވަރަށް ފެތޭ، އެ އޮފީހެއްގެ ޕްރޮކިއުމަންޓަކަށް އެކަންޏެވެ.