ދަތުރު ޚަރަދާއި، ޖަލްސާތަކާއި ބައްދަލުވުންތަކަށް ކުރާ ޚަރަދު

8.15 މާލެއާއި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ގެނެސް ގެންދާ މީހުންގެ ކެއުމާއި ހުރުމުގެ ޚަރަދު
  • ދައުލަތުގެ ބޭނުމަށް އެކި ކަންކަމަށް މާލެއާއި ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ގެނެސް ގެންދާ މީހުންގެ ކެއުމުގެ ޚަރަދާއި ހުރުމުގެ ޚަރަދު ދޭނީ މިނިސްޓްރީ އޮފް ފިނޭންސްއިން ކަނޑައަޅައި ޝާއިޢުކުރާ ރޭޓުތަކުންނެވެ.

  • އެއް އޮފީހަށްވުރެ ގިނަ އޮފީހުގެ ބޭނުމުގައި މީހަކު ބަހައްޓަން ޖެހިއްޖެނަމަ ޚަރަދު ދޭންވާނީ އެއިރެއްގައި އެމީހަކާ ހަވާލުވެހުރި އޮފީހުންނެވެ. މިގޮތަށް ގެންނަ މީހުންނަށް ކެއުމުގެ ޚަރަދާއި ހުރުމުގެ ޚަރަދު އެއްދަތުރެއްގައި ދެވޭނީ އެންމެ ގިނަވެގެން 20 (ވިހި) ދުވަހަށެވެ. 20 (ވިހި) ދުވަހަށްވުރެ އިތުރަށް ޚަރަދު ދޭން ދިމާވާ ހާލަތްތަކުގައި އެކަން ހަމަޖައްސަންވާނީ މިނިސްޓްރީ އޮފް ފިނޭންސްއަށް ލިޔެގެން، އެ މިނިސްޓްރީން ހުއްދަ ހޯދައިގެންނެވެ.

  • ހުރުމާއި ކެއުމުގެ ކަންތައް ދައުލަތުން ހަމަޖައްސައިދޭނަމަ، މި މާއްދާގެ (ހ) ގައިވާ ފައިސާ އެމީހަކަށް ދީގެންނުވާނެއެވެ.