ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، ގެންގުޅުމާއި، ހިސާބުތައް ލިޔެ ބެލެހެއްޓުމުގައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފުވާ ފަރާތްތަކުގެ މައްސަލަތައް ބެލުމާއި، ފިޔަވަޅު އެޅުން

17.01 ހުއްދަ "ނޫން ޢަމަލު ކުރުން"

ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، ގެންގުޅުމާއި، ހިސާބުތައް ލިޔެ ބެލެހެއްޓުމުގައި އެއްވެސް މުވައްޒަފަކު ނުވަތަ އެނޫން ފަރާތަކުންވެސް މި މާއްދާގެ (ހ)، (ށ)، (ނ) އަދި (ރ) ގައިވާފަދަ ހުއްދަ ނޫން ޢަމަލެއް ކޮށްފިނަމަ، އެ މައްސަލައެއް ބަލައި ފިޔަވަޅުއަޅަންވާނެއެވެ. އަދި އެފަދަ މައްސަލަތަކުގައި ޒިންމާވާންޖެހޭ ފަރާތަކާމެދު ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި މި ގަވާއިދުގެ ދަށުން ފިޔަވަޅު އަޅަންވާނެއެވެ. ތިރީގައި ބަޔާންކުރެވިފައިވާ ކަންތައްތައް ބަލާނީ މި ގަވާއިދުގެ ދަށުން ހުއްދަ ނޫން ޢަމަލުގެ ގޮތުގައެވެ.

  • ދައުލަތުގެ ފައިސާ ނުވަތަ މުދާ ނެގުމާއި އަނބުރާ ހޯދުމާއި ޖަމާކުރުމާއި، ހިސާބުތަކަށް ވެއްދުމުގެ ޒިންމާއާ ހަވާލުވެހުރި މީހަކު، ފައިސާ ނުވަތަ މުދާ ނެގުމާއި ނުވަތަ އަނބުރާ ހޯދުމާއި ނުވަތަ ޖަމާކުރުމާއި ނުވަތަ ހިސާބުތަކަށް ވެއްދުމުގައި އިހުމާލުވުން ނުވަތަ ފަރުވާކުޑަކުރުން.

  • އެ މީހެއްގެ ޒިންމާގެ ދަށުގައި ހުރި ދައުލަތުގެ ފައިސާ ނުވަތަ ފައިސާއިން ބައެއް މަދުވުން.

  • އެ މީހެއްގެ ޒިންމާގެ ދަށުގައި ހުރި ދައުލަތުގެ މުދަލަކަށް އުނިކަމެއް ލިބުން ނުވަތަ ގެއްލުން.

  • ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި މި ގަވާއިދާ ޚިލާފަށް ދައުލަތުގެ ފައިސާއެއް ނުވަތަ މުދަލެއް އެއްވެސް ފަރާތަކަށް ދިނުން، ނުވަތަ ވިއްކައިލުން، ނުވަތަ ނައްތާލުން، ނުވަތަ ފޮރުވުން ނުވަތަ ކޮރަޕްޝަންގެ ޢަމަލެއް ހިންގުން.