މުސާރައާއި އުޖޫރައާއި ޢިނާޔަތް، އަދި މުވައްޒަފުންނަށް ހިނގާ ޚަރަދު

7.04 މުސާރަ ދިނުން
  • މުސާރައާއި ޢިނާޔަތް އަދި އުޖޫރަ ދޫކުރާނީ، މި ގަވާއިދުގައިވާ ގޮތުގެ މަތިން މިނިސްޓްރީ އޮފް ފިނޭންސްއިން ހަމަޖައްސާ ގޮތެއްގެމަތިންނެވެ.

  • ބޭންކެއް ހުރި ރަށެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރައާއި އުޖޫރަ ފައިސާ ދޫކުރާނީ، ޑައިރެކްޓް ކްރެޑިޓް ޓްރާންސްފަރއަކުން އެ މުވައްޒަފަކުގެ ނަމުގައި އޮންނަ ބޭންކް އެކައުންޓަކަށެވެ. ވަޒީފާ އަދާކުރާ މުވައްޒަފުންނާއި، އަލަށް ވަޒީފާދޭ މުވައްޒަފުންނަށް ވަޒީފާ ހަމަޖެހުނުކަމުގެ ޗިޓު ލިބުމުން، މުސާރަ ޖަމާކުރަންވީ އެކައުންޓު ނަންބަރާއި، ބޭންކް އަދި ބްރާންޗް އެނގޭނޭ ޞައްޙަ ލިޔުމެއް މުވައްޒަފުގެ އަތުން ހޯދަންވާނެއެވެ.

  • މުވައްޒަފު މަސައްކަތްކުރާ އޮފީސް ހުންނަ ރަށުގައި ބޭންކެއް ނެތްނަމަ މުވައްޒަފު ލިޔުމަކުން އެދުމުން އެ މުވައްޒަފެއްގެ މުސާރައާއި އުޖޫރަ ނަގުދު ފައިސާއިން ދެވިދާނެއެވެ. މީގެ އިތުރަށް ނަގުދުފައިސާއިން މުސާރައާއި އުޖޫރަ ދެވޭނީ މުވައްޒަފަށް މަޖުބޫރު ހާލަތެއް މެދުވެރިވެގެން، އެކަން އެ އޮފީހަކުން ހުށަހެޅުމުން ފައިނޭންޝަލް ކޮންޓްރޯލަރ ލިޔުމަކުން ހުއްދަދިނުމުންނެވެ.