ދައުލަތުގެ މުދާ

11.08 ދައުލަތުގެ މުދާ އެއްފަރާތުން އަނެއް ފަރާތަށް ދޫކޮށްލުން ނުވަތަ ބަދަލުކުރުން

ދައުލަތުގެ އޮފީހެއްގެ ބެލުމުގެ ދަށުގައި ހުންނަ ދައުލަތުގެ މުދާ ދައުލަތުގެ އެހެން އޮފީހަކަށް ދޫކޮށްލެވޭނީ ނުވަތަ ވިއްކައިލެވޭނީ ނުވަތަ ބަދަލުކުރެވޭނީ ކަމާބެހޭ ޤާނޫނެއްގައި ބަޔާންކޮށްފައިވާ ގޮތެއްގެމަތިން މިނިސްޓްރީ އޮފް ފިނޭންސްގެ ހުއްދަ ލިޔުމަކުން ލިބިގެންނެވެ. މިގޮތުން ބަދަލުކުރަން ނުވަތަ ދޫކޮށްލަން ހުށަހަޅާ މުދަލާއި، ބަދަލުގައި ލިބޭ މުދަލުގެ ފުރިހަމަ މަޢުލޫމާތު (އަގު، މުދާ ހުރި ހާލަތު) މިނިސްޓްރީ އޮފް ފިނޭންސްއަށް ހުށަހަޅަންވާނެއެވެ.