ދައުލަތުގެ ފައިސާއާއި، ފައިސާ ހޯދުމާއި، ބަލައިގަތުމާއި އަދި ބެލެހެއްޓުން

5.19 ދައުލަތަށް ލިބެންވާ ފައިސާ ހޯދުން
  • ދައުލަތުގެ އޮފީހަކުން ކުރާ މަސައްކަތަކަށް ނުވަތަ ދެވޭ ޚިދުމަތަކަށް ނުވަތަ ކުއްޔަށް ދީފައިވާ ތަނެއްގެ ކުއްޔަށް ނުވަތަ ވިއްކި އެއްޗެއްގެ އަގަށް ލިބެންޖެހޭ ފައިސާ އެކަމެއް ނިމުނު ދުވަހުން ފެށިގެން ލަސްވެގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ހޯދަންވާނެއެވެ.

  • ދައުލަތުގެ ތަނަކަށް ލިބެންވާ ފައިސާގެ ތެރެއިން މުއްދަތު ހަމަވުމަށްފަހު ޖޫރިމަނާވާގޮތަށް ކަނޑައެޅިފައި އޮންނަ ފައިސާ ހޯދަންވާނީ ޖޫރިމަނާ ވެފައިވާނަމަ، ކަނޑައެޅިފައި އޮންނަ ޖޫރިމަނާއާ އެކުގައެވެ.