ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު - ޕްރޮކިއުމަންޓުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތައް

10.68 ރިޓެންޝަން ފައިސާ އަގުން އުނިކުރުމާއި، އެ ފައިސާ އަނބުރާ ދޫކުރުން
  • ޚިދުމަތާއި ތަކެތި ހޯދުން ފިޔަވައި، ކުރުވާ މަސައްކަތުގެ އަގު، މި ބާބުގެ ޖަދުވަލު 1 ގެ 7 ވަނަ ނަންބަރުގައިވާ މިންގަނޑަށްވުރެ ބޮޑުވާނަމަ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރިޓެންޝަން ފައިސާ އުނިކޮށް، އެ ފައިސާ އަނބުރާ ދޫކުރަންވާނެއެވެ.

    1. ހުށަހަޅާ ކޮންމެ ބިލަކުން، ބިލުގެ ޖުމުލަ އަގުގެ %5 (ފަހެއް އިންސައްތަ) ކެނޑުން؛
    2. މި މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތަށް ރިޓެންޝަން ފައިސާ ކެނޑުމަށްފަހު، ކޮންޓްރެކްޓުގައިވާ ގޮތުގެ މަތިން، ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް ފައިސާ އަނބުރާ ދޫކުރުން. 2.1 ބީލަމުގެ ޖުމުލަ އަގު، މި ބާބުގެ ޖަދުވަލު 1 ގެ 7 ވަނަ ނަންބަރުގައިވާ މިންގަނޑާ ހަމަޔަށް، މަސައްކަތް ނިމޭތާ 6 (ހައެއް) މަސްދުވަސްވުމުން އަނބުރާ ދިނުން. 2.2 ބީލަމުގެ ޖުމުލަ އަގު، މި ބާބުގެ ޖަދުވަލު 1 ގެ 9 ވަނަ ނަންބަރުގައިވާ މިންގަނޑާ ހަމަޔަށް، މަސައްކަތް ނިމޭތާ 12 (ބާރަ) މަސްދުވަސް ވުމުން އަނބުރާ ދިނުން. 2.3 މި މާއްދާގެ 2.2 ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ރިޓެންޝަން ފައިސާގެ އަދަދަށްވާ ސެކިއުރިޓީއެއް ހުށަހަޅައިފިނަމަ، އިސްވެ ބަޔާންކުރި މުއްދަތުގެ ކުރިން، ރިޓެންޝަން ފައިސާ ދޫކުރުން.
  • ކޮންޓްރެކްޓް އުސޫލުން ކުރުވާ މަސައްކަތްތައް ނިންމުމަށްފަހު ކަނޑައަޅާފައިވާ މުއްދަތު (ރިޓެންޝަން މުއްދަތު) ގައި އެކަމަކަށް ދިމާވާ މައްސަލަތައް ކޮންޓްރެކްޓަރ ރަނގަޅުކޮށްދޭންވާނެއެވެ. ރިޓެންޝަން ފައިސާ ބަހައްޓަން ކަޑައަޅާފައިވާ މުއްދަތު ހަމަވުމަށްފަހު އެ ފައިސާ ދޭންވާނީ އެހާތަނަށް ރަނގަޅުކުރަންޖެހޭ ހުރިހާ ކަމެއް ރަނގަޅުކުރުމުންނެވެ.