މުސާރައާއި އުޖޫރައާއި ޢިނާޔަތް، އަދި މުވައްޒަފުންނަށް ހިނގާ ޚަރަދު

7.11 މުސާރައާއި އުޖޫރައިން ފައިސާ އުނިކުރުން
  • މުވައްޒަފަކަށް ލިބޭ މުސާރައާއި އުޖޫރަ ފައިސާއިން އެއްވެސް އަދަދެއްގެ ފައިސާއެއް އުނިކުރެވޭނީ ޤާނޫނަކުން ނުވަތަ ޝަރުޢީ ކޯޓަކުން އަންގާ އެންގުމަކާ ގުޅިގެންނެވެ. މިއާ ޚިލާފަށް ޢަމަލުކުރެވޭނީ އަންނަނިވި ހާލަތްތަކުގައި އެކަންޏެވެ.

    1. މުވައްޒަފެއްގެ ފަރާތުން ފައިސާ އުނިކުރުމަށް ލިޔުމެއް ނުވަތަ އެކަމަށް އެއްބަސްވުމެއް ލިބިގެން.
    2. މި ގަވާއިދުގައި ބުނެފައިވާ ގޮތުގެމަތިން އެޑްވާންސަށް ނަގާފައިވާ ފައިސާއެއް ނުވަތަ ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް އަނބުރާ ދެއްކުމަށް.
  • މި މާއްދާގެ (ހ) ގައިވާފަދަ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ހިސާބުގައި ހިމަނާނީ، އެކަމަށް ކަނޑައެޅިފައިވާ ކޯޑެއްގައެވެ.