ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، ގެންގުޅުމާއި، ހިސާބުތައް ލިޔެ ބެލެހެއްޓުމުގައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފުވާ ފަރާތްތަކުގެ މައްސަލަތައް ބެލުމާއި، ފިޔަވަޅު އެޅުން

17.14 ބީލަމެއްގެ މައްސަލަ ރިވިއުކުރަން ހުށަހެޅުމުން އަޅަންޖެހޭ ފިޔަވަޅުތައް

ބީލަމެއްގެ މައްސަލަ ރިވިއުކުރަން ހުށަހެޅުމުން، މުސްތަޤިއްލު ރިވިއު ކޮމިޓީން ތިރީގައިމިވާ ފިޔަވަޅުތަކުންކުރެ ފިޔަވަޅެއް ނުވަތަ ފިޔަވަޅުތަކެއް އެޅިދާނެއެވެ.

  • ދައުލަތުގެ އޮފީހަކުން ގަވާއިދާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ނުވަތަ ކޮށްފައިވާ ޢަމަލެއް ނުވަތަ ނިންމާފައިވާ ނިންމުމަކަށް ގަވާއިދާ ޚިލާފަށް ގެނެސްފައިވާ ބަދަލެއް އެއްކޮށް ނުވަތަ ޚިލާފުވާ ބައެއް ބާޠިލުކުރުމަށް ނުވަތަ އަނބުރާ ރުޖޫޢުކުރުމަށް އެ އޮފީހަކަށް އެންގުން.

  • ހިނގަމުންދާ ޕްރޮކިއުމަންޓުގެ މަސައްކަތެއް އެއްކޮށް ހުއްޓާލުމަށް ނުވަތަ ބާޠިލުކުރުމަށް އެ އޮފީހަކަށް އެންގުން.

  • ވެފައިވާ އެއްބަސްވުން ބާޠިލުކުރުމަށް އެ އޮފީހަކަށް އެންގުން.

  • މިނިސްޓްރީ އޮފް ފިނޭންސް، މަޝްރޫޢަށް ބަޖެޓް ނުވަތަ ފައިސާދޭ ފަރާތުންނާއި، މިފަދަ މައްސަލަތައް ބެލުމަށް އުފެދިފައިވާ މުސްތަޤިއްލު މުއައްސަސާތަކުންނާއި، ޤާނޫނު ތަންފީޒުކުރާ ތަންތަނުން އަޅަންޖެހޭ ވަކި ފިޔަވަޅެއް އޮތްނަމަ، އެ ފިޔަވަޅެއް އެޅުމަށް އެކަމަކާބެހޭ ފަރާތަށް އެންގުން.