މުސާރައާއި އުޖޫރައާއި ޢިނާޔަތް، އަދި މުވައްޒަފުންނަށް ހިނގާ ޚަރަދު

7.17 މުވައްޒަފުންގެ މުސާރައާއި އިތުރުގަޑީގެ ހިސާބު ނިންމައި ހުށަހެޅުން
  • މުވައްޒަފުންގެ އިތުރުގަޑީގެ ފައިސާގެ ހިސާބުކުރުމުގައި ބަލާނީ ނިމިގެންދިޔަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން ހިނގާ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަށެވެ.

  • މުވައްޒަފުންގެ މުސާރަޝީޓް ތައްޔާރުކުރުމުގައި ދުވަސް ބަލާނީ، ހިނގާ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެމަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަށެވެ. މުސާރައިގެ ޕޭމަންޓް ވައުޗަރުތައް ތައްޔާރުކޮށް، ކޮންމެ މީލާދީ މަހެއްގެ 20 ވަނަ ދުވަހު އޮފީސް ބަންދުވުމުގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސްއިމިނިސްޓްރީ އޮފް ފިނޭންސްއަށް ފޮނުވަންވާނެއެވެ. 20 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްނަމަ، ވައުޗަރުތައް ފޮނުވާނީ 20 ވަނަ ދުވަހުގެ ކުރިން އަންނަ ސަރުކާރު ބަންދު ނޫން ދުވަހުގެ ބަންދުވުމުގެ ކުރިންނެވެ.

  • މުސާރަޝީޓް ހުށަހެޅުމުގެ ފަހުން މުވައްޒަފަކު އަތުން ފައިސާއެއް ކަނޑަންޖެހޭގޮތަށް ދިމާވެއްޖެނަމަ، ޖެހިގެން އަންނަ މަހު އެ މުވައްޒަފަކަށް މުސާރަ ދޭއިރު، އެ މުވައްޒަފަކު އަތުން ކަނޑަންޖެހޭ ފައިސާގެ ކަންތައް ހަމަޖައްސަންވާނެއެވެ.