ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، ގެންގުޅުމާއި، ހިސާބުތައް ލިޔެ ބެލެހެއްޓުމުގައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފުވާ ފަރާތްތަކުގެ މައްސަލަތައް ބެލުމާއި، ފިޔަވަޅު އެޅުން

17.10 އިދާރީގޮތުން އަލުން ބެލުމަށް ހުށަހެޅުމުގެ ޙައްޤު

ބީލަމުގެ ކަމެއް ހިނގައިދިޔަ ގޮތާމެދު ހިތްހަމަނުޖެހިގެން ހުށަހަޅާ މައްސަލައެއް އެ އޮފީހަކުން ބަލައި ނިންމި ގޮތާމެދު، ތިރީގައި މި ބަޔާންކުރެވިފައިވާ ކަންތައްތަކުންކުރެ ކަމަކާމެދު ހިތްހަމަނުޖެހިއްޖެނަމަ، އެ މައްސަލައެއް އަލުން ބަލައިދިނުމަށް ހުށަހެޅުމުގެ ޙައްޤު، މައްސަލަ ހުށަހެޅި ފަރާތަށް ލިބިގެންވެއެވެ. އަލުން ބެލުމަށް ހުށަހަޅާ މައްސަލަތައް ހުށަހަޅާނީ މިނިސްޓްރީ އޮފް ފިނޭންސްއަށެވެ.

  • ހުށަހެޅިފައިވާ މައްސަލައާ ގުޅޭގޮތުން މި ގަވާއިދުގެ 17.09 ވަނަ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރުގައިވާ މުއްދަތުގެ ތެރޭގައި ޕްރޮކިއުމަންޓް އޮފިސަރު ވަކިގޮތެއް ނިންމާފައިނުވުން.

  • ޕްރޮކިއުމަންޓް އޮފިސަރު މައްސަލަ ނިންމި ގޮތާމެދު ބީލަން ހުށަހެޅި ފަރާތުން ހިތްހަމަނުޖެހުން.

  • އެ ބީލަމަކާ ގުޅޭ ކޮންޓްރެކްޓަށް ޢަމަލުކުރަން ފެށުން.

  • އެ މައްސަލައެއްގެ އިދާރީ ކަންކަން ހިނގި ގޮތް އަލުން ރިވިއުކުރުމަށް ބޭނުންވުން.