އެހެނިހެން މާލީކަންކަން ހިންގައި ބެލެހެއްޓުން

13.09 ބޭންކް އެކައުންޓުތަކުގެ ހިސާބު ބެލެހެއްޓުމާއި ރިކޮންސައިލްކުރުން

ޕަބްލިކް ބޭންކް އެކައުންޓާ ވަކިން ބޭންކް އެކައުންޓެއް ހިންގޭނަމަ، އެކަމާ ހަވާލުވެހުރި މާލީޒިންމާދާރުވެރިޔާ ތިރީގައިވާ ކަންތައްތައް ކުރަންވާނެއެވެ.

  • ކޮންމެ ބޭންކް އެކައުންޓެއްގެ ހިސާބުތަކާއި ލިޔުންތައް ވަކިން ބެލެހެއްޓުން.

  • އެކައުންޓު ހިންގުމުގައި އެކަށީގެންވާ ކޮންޓްރޯލް ޤާއިމުކުރުން.

  • މަދުވެގެން މަހަކު އެއްފަހަރު އެކައުންޓު ރިކޮންސައިލްކުރުން.

  • ލިބުނު ފައިސާ ހަމައަށް ބޭންކަށް ޖަމާކޮށްފައިވާކަމާއި، ޖަމާކުރި ފައިސާއާއި ޚަރަދުކުރެވުނު ފައިސާ ރަނގަޅަށް ހިސާބުތަކުގައި ހިމެނިފައިވާކަމުގެ ޔަޤީންކަން ހޯދުން.

  • ވޭތުވެދިޔަ މަހުގެ ރިކޮންސިލިއޭޝަން ސްޓޭޓްމަންޓް ތައްޔާރުކޮށް، ތައްޔާރުކުރި ފަރާތާއި މާލީޒިންމާދާރުވެރިޔާ ސޮއިކޮށް، ހިނގާ މަހުގެ 15 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސްއަށް ފޮނުވުން.