ޕެޓީކޭޝް ފައިސާ ޚަރަދުކުރާގޮތް މާލީޒިންމާދާރުވެރިޔާ ބަލައި ޗެކުކުރަމުން ގެންދަންވާނެއެވެ. ބޭނުންޖެހިއްޖެ ހާލަތެއްގައި މި ގަވާއިދުގެ 26.6 ވަނަ މާއްދާގެ (ހ) ގައިވާ ޕެޓީކޭޝް ފައިސާގެ މިންވަރު މަތިކޮށް އަދި ތިރިކުރުމުގެ އިޚުތިޔާރު ފައިނޭންޝަލް ކޮންޓްރޯލަރަށް ލިބިގެންވެއެވެ.
ޕެޓީކޭޝް ފައިސާ ޚަރަދުކުރުމަށް ހަމަޖައްސާފައިވާ އުސޫލުތަކާ ޚިލާފަށް ބޭނުންކުރަމުން ގެންދާކަން އެނގިއްޖެނަމަ، ޕެޓީކޭޝްގެ ގޮތުގައި ދޫކޮށްފައިވާ މުޅި އަދަދު އެކުގައި އަނބުރާ ނެގުމުގެ އިޚުތިޔާރު ފައިނޭންޝަލް ކޮންޓްރޯލަރަށް ލިބިގެންވެއެވެ.
ޕެޓީކޭޝް ފައިސާ އެ ތަނަކަށް ބޭނުން ނުވާކަމަށް މާލީޒިންމާދާރުވެރިޔާއަށް ފެނިއްޖެ ހިނދެއްގައި، އެ ފައިސާގެ ހިސާބުތައް ނިންމައި ޕެޓީކޭޝްގެ ގޮތުގައި ގެންގުޅުމަށް ނެގި ޖުމުލަ އަދަދު ހަމަކޮށް، އެ އަދަދު ބަޖެޓަށް އަނބުރާ ޖަމާކުރަންވާނެއެވެ.