ދައުލަތުގެ އޮފީސްތަކުގެ ބެލުމުގެ ދަށުގައި ހުންނަ ކުއްޔަށް ދޫކުރާ އަދި ކުއްޔަށް ހިފާ ތަންތަނާއި ތަކެތީގެ، ތިރީގައިމިވާ މަޢުލޫމާތު އެ ތަނެއް ނުވަތަ އެ އެއްޗެއް ކުއްޔަށް ދޫކުރުމަށް ނިންމުމުގެ ކުރިން އަދި ކުއްޔަށް ހިފުމަށްފަހު މިނިސްޓްރީ އޮފް ފިނޭންސްއަށް އެ އޮފީހަކުން އަންގަންވާނެއެވެ.
- އެ ތަނެއް ނުވަތަ އެ އެއްޗެއްގެ ނަން.
- އެ ތަނެއް ނުވަތަ އެ އެއްޗެއް ކުއްޔަށް ދޫކުރަން ކަނޑައެޅި ތާރީޚު.
- ކުލި (މަހަކަށް)
- އެ ތަނެއް ނުވަތަ އެ އެއްޗެއްގެ ތަފުސީލު.
ކުއްޔަށް ދޫކުރާ ތަންތަނާއި ކުއްޔަށް ހިފާ ތަންތަނުގެ ތިރީގައިމިވާ މަޢުލޫމާތު ހިމަނައިގެން ވަކި ދެރަޖިސްޓަރީއެއް ބަލަހައްޓަންވާނެއެވެ. ( (MG/PR04
- ތަނުގެ ނަމާއި އެޑްރެސް.
- ކުއްޔަށް ދޫކުރި ނުވަތަ ހިފި ފަރާތް.
- ކުލި (މަހަކަށް)
- ކުއްޔަށް ދޫކުރި ނުވަތަ ހިފި ތާރީޚު.
- ކުލި ލިބުނު ތާރީޚާއި، ފައިސާ ބަލައިގަތް ރަސީދު ނުވަތަ ބިލު ނަންބަރާއި، ލިބުނު ފައިސާގެ އަދަދާއި، ކުލި ދެއްކި ތާރީޚާއި، ވައުޗަރު ނަންބަރު.
- ކުލީގެ ފައިސާ ޖަމާކުރެވޭ އެކައުންޓު ނަންބަރު.
- ކުއްޔަށް ދިން ނުވަތަ ހިފި ތަން ދޫކޮށްލި ތާރީޚު.
- އިތުރު ބަޔާން (ކުރެވޭ އެގްރީމެންޓާ ގުޅިގެން އެގްރީމެންޓުގެ މުއްދަތާއި މާއްދާތަކަށް ގެނެވޭ ބަދަލު)
- ކުއްޔަށް ދޫކުރި ނުވަތަ ހިފި ތަނުގެ އިންވެންޓްރީ.
ކުއްޔަށް ދޫކުރާ ތަންތަނުގެ އެގްރީމަންޓުގައި ތިރީގައިވާ ކަންކަމުންކުރެ އެއްވެސް ކަމެއް ހިމަނައިގެން ނުވާނެއެވެ.
- ކުލި ލިބެންޖެހޭ މުއްދަތުގެ ތެރޭގައި ކުލި ނުލިބޭގޮތަށް އެއްވެސް މާއްދާއެއް އެއްބަސްވުމުގައި ނުހިމެނުން.
- ކުލި ނުދައްކައިގެން ކުރެވޭ ޖޫރިމަނާގެ އަދަދު ވަކިވަރަކަށް އެރުމުން އެގްރީމެންޓް ބާޠިލުކުރަން ބޭނުންވެއްޖެ ހިނދެއްގައި އެގްރީމެންޓް ބާޠިލު ނުކުރެވޭނެގޮތަށް އެއްވެސް މާއްދާއެއް އެގްރީމުންޓުގައި ނުހިމެނުން.
- ކުއްޔަށް ދޫކޮށްފައިވާ ތަނެއް އެގްރީމެންޓާ ޚިލާފުވެގެން ވަކިކުރާއިރު ކުއްޔަށް ހިފައިގެން އުޅުނު ފަރާތުން ކޮށްފައިވާ އިންވެސްޓްމަންޓަށް ބަދަލުދޭގޮތަށް ޤާނޫނަކުން ލާޒިމުކުރާ ކަންކަން ފިޔަވައި، ކުއްޔަށް ހިފި ފަރާތުން ކޮށްފައިވާ އެހެން އެއްވެސް އިންވެސްޓްމަންޓަކަށް ބަދަލުދޭގޮތަށް އެގްރީމެންޓް ނުކުރުން.