ފައިސާ ބަލައިގަންނަ ކޮންމެ އޮފީހަކުން ނުވަތަ ފައިސާ ބަލައިގަންނަ ކޮންމެ ތަނަކުންވެސް ބަލައިގަންނަ ފައިސާގެ ހިސާބު ބަލަހައްޓަންވާނެއެވެ.
ދައުލަތަށް ލިބެންޖެހޭ ފައިސާއެއް މާފުކުރުމަށް ނުވަތަ ނުނަގާގޮތަށް ހަމަޖައްސައިފިނަމަ، އެގޮތަށް ހަމަޖައްސާ ފައިސާގެ ހިސާބު އެ އޮފީހެއްގައި ލިޔެވިފައި އޮންނަންވާނެއެވެ.