އަހަރީ މާލީހިސާބުތަކާއި އަހަރީ ރިޕޯޓު އަދި އެކައުންޓިންގ ސްޓޭންޑަރޑްސް

15.05 އަހަރީ ރިޕޯޓާއި، އަހަރީ މާލީހިސާބު، އޮޑިޓް ރިޕޯޓާއެކު ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން
  • މި ގަވާއިދުގެ 15.01 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަހަރީ ރިޕޯޓު އަހަރީ މާލީހިސާބާއެކު އޮޑިޓްކުރުމަށްފަހު، އޮފީސްތަކުގެ މާލީޒިންމާދާރުވެރިޔާއަށް ލިބޭތާ 1 (އެކެއް) މަސްދުވަހުގެ ތެރޭގައި، އޮޑިޓް ރިޕޯޓުގެ ކޮޕީއާއި އަހަރީ ރިޕޯޓުގެ ކޮޕީއެއް ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުވާނީ އެ އޮފީހެއްގެ މާލީޒިންމާދާރުވެރިޔާއެވެ.

  • މި ގަވާއިދުގެ 15.04 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެމަތިން އޮޑިޓަރ ޖެނެރަލްގެ ރިޕޯޓު މިނިސްޓަރަށް ލިބޭތާ 14 (ސާދަ) ދުވަހުގެ ތެރޭގައި، އެ އޮޑިޓް ރިޕޯޓާއި، މި ގަވާއިދުގެ 15.04 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ތައްޔާރުކުރާ ދައުލަތުގެ އަހަރީ މާލީހިސާބު، މިނިސްޓަރު ރައީސުލްޖޫމްހޫރިއްޔާއަށް ހުށަހަޅަންވާނެއެވެ. އެ ރިޕޯޓާއި ހިސާބުތައް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާ ތާރީޚުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި، އެ ރިޕޯޓާއި ހިސާބުތައް މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ.