ދައުލަތުގެ ފައިސާ ޚަރަދުކުރުމާއި، ހިސާބު ބެލެހެއްޓުން

6.12 ބޭރުފައިސާއިން ފައިސާ ދެއްކުން
  • ބޭރު ޤައުމަކުން ހޯދާ ޚިދުމަތަކަށް ނުވަތަ ގަންނަ އެއްޗަކަށް ބޭރުފައިސާއިން ފައިސާ ދެއްކިދާނެއެވެ. ބޭރުފައިސާއިން ކުރަންޖެހޭ ޚަރަދުތަކަށް ފައިސާ ދޫކުރާނީ ޑައިރެކްޓް ކްރެޑިޓަކުން ނުވަތަ އިލެކްޓްރޯނިކް ފަންޑް ޓްރާންސްފަރ ބޭނުންކޮށްގެންނެވެ.

  • ބޭރު ޤައުމަކުން ހޯދާ ޚިދުމަތަކަށް ނުވަތަ ގަންނަ އެއްޗެއްގެ އަގު އަދާކުރުމުގައި، އެ ޚަރަދު ކުރަންޖެހޭ ފައިސާއަކުން ފައިސާ ދެއްކުމަށް މިނިސްޓްރީ އޮފް ފިނޭންސްގެ ހުއްދަ ލިޔުމަކުން ލިބުމަށްފަހު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ނުވަތަ އެ މިނިސްޓްރީން ހުއްދަދޭ ރާއްޖޭގެ ވިޔަފާރި ބޭންކަކަށް އަންގަންވާނެއެވެ.

  • ފައިސާ ދެއްކުމުގައި، ފައިސާ ދައްކަންޖެހޭ އަދަދާއި، ބޭންކްޗާޖާއި، އެ މުޢާމަލާތަކާ ގުޅޭ ހުރިހާ ޚަރަދެއް ހިމެނޭގޮތަށް، އެ ޚަރަދު ކުރުމަށް ކަނޑައަޅާފައިވާ އެކައުންޓަކުން ފައިސާ ދައްކަންވާނެއެވެ.