ދައުލަތުގެ އޮފީސްތަކުން ކުރަންޖެހޭ މާލީ މުޢާމަލާތްތައް، އޮންލައިން ބޭންކިންގ ނުވަތަ އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ނޫން ގޮތަކަށް ހިންގެން ނުހުންނަ ހާލަތްތަކުގައި އެފަދަ ޚިދުމަތެއްގައި ބައިވެރިވުމުގެ ކުރިން އެ އޮފީހަކުން އެކަމަށް އެދި ފައިނޭންޝަލް ކޮންޓްރޯލަރުގެ ހުއްދަ ލިޔުމަކުން ހޯދަންވާނެއެވެ.
މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އޮންލައިން ނުވަތަ އިންޓަރނެޓް ބޭންކިންގގެ ޚިދުމަތް ހޯދުމަށް ހުއްދަދެވިފައިވާ ފަރާތްތަކުން އެ ޚިދުމަތް ހޯދަންވާނީ މިނިސްޓްރީ އޮފް ފިނޭންސްއިން ކަނޑައަޅާ އުސޫލެއްގެ މަތިންނެވެ.