އޮފީހުގެ މުވައްޒަފަކު އެ އޮފީހެއްގެ ފަރާތުން އެހެން ރަށެއްގައި ހިނގަމުންދާ ތަނެއްގައި ވަޒީފާ އަދާކުރުމަށް ނުވަތަ އެ މުވައްޒަފެއްގެ ދާއިމީ ވަޒީފާ ހަމަޖެހިފައިވާ ރަށް ނޫން އެހެން ރަށެއްގައި ވަޒީފާ އަދާކުރުމަށް ފޮނުވާފައި ހުންނަ ދުވަސްތަކަކީ ދަތުރެއްގެ ތެރޭގައި ހޭދަކުރާ ދުވަސްތަކެއްކަމަށް ނުވާތީ، އެދުވަސްތަކަށް ދަތުރު ޚަރަދުގެ ފައިސާ ދޭކަށް ނުޖެހޭނެއެވެ.