ދައުލަތުގެ ނަމުގައި ދަރަންޏަށް ފައިސާ ނެގުމާއި، ލޯނަށް ފައިސާ ދޫކުރުމާއި، އަދި ގެރެންޓީދިނުން

14.08 ދައުލަތުގެ އޮފީސްތަކުން ދަރަންޏަށް ފައިސާ ނެގުމަށާއި، މާލީސެކިއުރިޓީ ވިއްކުމުގައި ޢަމަލުކުރަންޖެހޭ ގޮތް

ދައުލަތުގެ އޮފީސްތަކަށް ވަކި ޤާނޫނެއްގެ ދަށުން ބާރު ލިބިގެން، ދަރަންޏަށް ފައިސާ ނެގުމާއި، މާލީސެކިއުރިޓީ ވިއްކުމުގައި ޢަމަލުކުރަންވާނީ، ތިރީގައިމިވާ ގޮތުގެމަތިންނެވެ.

  • ތަރައްޤީގެ ހަރަކާތްތައް ހިންގުމަށް ނުވަތަ އެނޫން ބޭނުމަކަށް ބޭނުންވާ ފައިސާ ހޯދުމުގެގޮތުން ދަރަންޏަށް ފައިސާ ނަގަންވާނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރާ ލައިސަންސެއްގެ ދަށުން ރާއްޖޭގައި ވިޔަފާރި ހިންގާ މާލީއިދާރާއަކުންނެވެ.

  • ތަރައްޤީގެ ހަރަކާތްތައް ހިންގުމަށް ނުވަތަ އެނޫން ބޭނުމަކަށް ބޭނުންވާ ފައިސާ ހޯދުމަށް މާލީ ސެކިއުރިޓީ ވިއްކަންވާނީ، ރާއްޖޭގައި ވިޔަފާރި ހިންގާ މާލީއިދާރާއެއް މެދުވެރިކޮށްގެންނެވެ.

  • ދަރަނި ދޫކުރާ ފަރާތަކަށް، އެ ދަރަންޏެއްގެ ސެކިއުރިޓީގެ ގޮތުގައި ދައުލަތުން ގެރެންޓީއެއް ދޭންވާނީ، ނުވަތަ ދައުލަތުގެ މުދަލެއް ނުވަތަ ދައުލަތުގެ މިލްކިއްޔާތެއް ރަހުނުކުރަންވާނީ، މި މާއްދާގެ (ހ) އާޢި (ށ) ގައި ބަޔާންކޮށްފައިވާގޮތަށް ނަގާ ދަރަންޏަކަށް ނުވަތަ ސެކިއުރިޓީއަކަށެވެ.