ދައުލަތުގެ މުދާ

11.16 ސްޓޮކް ހިސާބު ބެލެހެއްޓުމާއި، ތަކެތި ދޫކުރުން
  • އެ އޮފީހެއްގައި ބޭނުންކުރުމަށް، ނުވަތަ އެ ތަކެތި ބޭނުންކޮށްގެން އެހެން އެއްޗެއް އުފެއްދުމަށް، ނުވަތަ ތަނަށް ޚިދުމަތް ދިނުމުގައި ބޭނުންކުރުމަށް ހޯދާފައި ބަހައްޓާ ތަކެތި ސްޓޮކަށް ވައްދައި، ސްޓޮކް ބާކީކޮށް ބަލަހައްޓަންވާނެއެވެ. މިގޮތުން ސްޓޮކްކުރެވޭ ތަކެތީގެ ކޮންމެ އައިޓަމެއްގެ ބާކީ ވަކިން އެނގޭގޮތަށް ސްޓޮކްބާކީގެ ހިސާބު ބަލަހައްޓަންވާނެއެވެ.

  • ސްޓޮކަށް ގަނެފައި ހުންނަ ތަކެތި ހުންނަންވާނީ ވަކި މުވައްޒަފަކާ ލިޔުމުން ހަވާލުކުރެވިފައެވެ. ސްޓޮކުގައި ހުންނަ އަގުބޮޑު ތަކެތި ސްޓޮކުން ދޫކުރަންވާނީ އެ އޮފީހެއްގެ ކަމާބެހޭ ވެރިއަކު ހުއްދަ ދީގެންނެވެ.

  • ސްޓޮކް ބަލަހައްޓާ މުވައްޒަފަކީ، ބަޖެޓުގެ ނުވަތަ ޕްރޮކިއުމަންޓުގެ މަސައްކަތްކުރާ މުވައްޒަފަކަށް ވެގެންނުވާނެއެވެ.