ދައުލަތުގެ އިންޓަރނަލް އޮޑިޓް

16.01 ދައުލަތުގެ އިންޓަރނަލް އޮޑިޓް
  • ދައުލަތުގެ އިންޓަރނަލް އޮޑިޓަކީ، ދައުލަތުގެ ނަމުގައި ހިނގަމުންދާ ޕަބްލިކް ބޭންކް އެކައުންޓާއި، ޕަބްލިކް ފަންޑްތަކާއި، ދައުލަތުގެ މާލީހިސާބުތަކުގެ ޞައްޙަކަން ކަށަވަރުކުރުމަށް މިނިސްޓަރު ޤާއިމުކުރާ ނިޒާމެކެވެ.

  • ދައުލަތުގެ އޮފީސްތަކުގެ އެކި ދާއިރާތަކުގައި ހުންނަ ރިސްކް (މާލީހިންގުމަށް ކުރާ ނުރަނގަޅު އަސަރު) ދެނެގަނެ، އެ އޮފީސްތަކުގައި ހުންނަ މުދަލާއި ފައިސާ އަދި މުދަލާއި ފައިސާގެ ހިސާބުތަކާއި އެ ހިސާބުތަކާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ބަލަހައްޓަމުންދަނީ މި ގަވާއިދާ އެއްގޮތަށްތޯ އިންޓަރނަލް އޮޑިޓްގައި ބަލައި ޗެކުކުރެވޭނެއެވެ.