ދައުލަތުގެ ނަމުގައި ދަރަންޏަށް ފައިސާ ނެގުމާއި، ލޯނަށް ފައިސާ ދޫކުރުމާއި، އަދި ގެރެންޓީދިނުން

14.09 ދަރަންޏާއި ގެރެންޓީގެ މަޢުލޫމާތު މަޖިލީހަށް ފޮނުވުން

ދަރަންޏެއް ނަގާ ތާރީޚުން ފެށިގެން ނުވަތަ ގެރެންޓީއެއް ދޭ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެ ދަރަންޏަކާ ގުޅޭ މަޢުލޫމާތު، ނުވަތަ އެ ގެރެންޓީއަކާ ގުޅޭ މަޢުލޫމާތު، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މިނިސްޓްރީ އޮފް ފިނޭންސްއިން ފޮނުވަންވާނެއެވެ.