ދައުލަތުގެ އަހަރީ ބަޖެޓް ތައްޔާރުކުރުން

3.07 ސަޕްލިމެންޓްރީ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން
  • ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަންޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ، ސަޕްލިމެންޓްރީ ބަޖެޓް ތައްޔާރުކޮށް ހުށަހެޅުމަށް، ބަޖެޓް ބޭނުންވާ އޮފީސްތަކަށް މިނިސްޓަރު އަންގަންވާނެއެވެ.

  • މި މާއްދާގެ (ހ) ގައިވާފަދަ ހާލަތެއް މެދުވެރިވެގެން ސަޕްލިމެންޓްރީ ބަޖެޓެއް އެކުލަވާލުމަށް މިނިސްޓަރު އަންގައިފިނަމަ، އެ އޮފީހަކުން މި ގަވާއިދުގެ 3.02 ވަނަ މާއްދާގައިވާ ގޮތުގެމަތިން ސަޕްލިމެންޓްރީ ބަޖެޓް އެކުލަވައިލައި މިނިސްޓަރު އަންގާ މުއްދަތެއްގެ ތެރޭގައި ހުށަހަޅަންވާނެއެވެ.

  • ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާއެއް އިތުރުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ނުވަތަ ސަޕްލިމެންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް އެދި ހުށަހަޅާނަމަ، އެ ބަޖެޓް ތައްޔާރުކުރުމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާގޮތަށް ތައްޔާރުކޮށް، އެ ފައިސާއެއް ނުވަތަ އެ ބަޖެޓެއް ބޭނުންވާ ދުވަހެއްގެ 1 (އެކެއް) މަސްދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރު ހުށަހަޅަންވާނެއެވެ.