މުސާރައާއި އުޖޫރައާއި ޢިނާޔަތް، އަދި މުވައްޒަފުންނަށް ހިނގާ ޚަރަދު

7.10 މުސާރައާއި އުޖޫރައިގެ ޓައިމްޝީޓް ނުވަތަ ރިކޯޑު ބެލެހެއްޓުން
  • ދައުލަތުގެ ކޮންމެ އޮފީހެއްގައި، ދާއިމީ މުވައްޒަފުންނާއި ވަގުތީ މުވައްޒަފުން ރަސްމީގަޑިއަށް ހާޒިރުވިކަން އެނގޭނެ ރަޖިސްޓަރީއެއް ނުވަތަ ރިކޯޑެއް އޮންނަންވާނެއެވެ. ނުވަތަ އިލެކްޓްރޯނިކް ވަސީލަތަކުންނަމަވެސް އެކަން އެނގެން އޮންނަންވާނެއެވެ. މުސާރައާއި އުޖޫރަ ފައިސާ ދޫކުރާނީ، ޓައިމްޝީޓް ނުވަތަ ރިކޯޑުގެ މައްޗަށް ބިނާކޮށްގެން ހަދާ މުސާރަޝީޓަށް ބަލައިގެންނެވެ.

  • ހާޒިރީ ބެލެހެއްޓުމާއި، ގަޑިޖެހުނު މުވައްޒަފުން ފާހަގަކުރުމާއި، މިނޫންވެސް ހާޒިރީއާބެހޭ ރިކޯޑުތައް MG/BC11 ގައި ހިމެނިފައިވާ ނަމޫނާއާއި އެއްގޮތަށް ބެލެހެއްޓުން އޮފީހުގެ ވަކި މުވައްޒަފަކާ ހަވާލުކުރަންވާނެއެވެ. އަދި ރިކޯޑު ބަލަހައްޓާ މުވައްޒަފުގެ ނަން މިނިސްޓްރީ އޮފް ފިނޭންސްއަށާއި، އޮޑިޓަރ ޖެނެރަލްގެ އޮފީހަށް އަންގަންވާނެއެވެ.

  • މުވައްޒަފަކު ގަޑިޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ގަޑީލާރި ކަނޑަންވާނެއެވެ.