އެހެނިހެން މާލީކަންކަން ހިންގައި ބެލެހެއްޓުން

13.04 ލޯންސް އެންޑް ކެޕިޓަލް ވަރކްސް ފަންޑަށް ފައިސާ ޖަމާކުރުމާއި ދޫކުރުން
  • ދައުލަތުގެ ފައިސާގެ ތެރެއިން، ތިރީގައިވާ ފައިސާ ޖަމާކުރަންވާނީ ލޯންސް އެންޑް ކެޕިޓަލް ވަރކްސް ފަންޑަށެވެ.

    1. ދައުލަތުގެ ބޭނުންތަކަށް މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން، ދައުލަތުން ދޭ ލޯނުގެ ގޮތުގައި ދޫކުރުމަށާއި، ކެޕިޓަލް ޚަރަދުތަކަށް ދޫކުރުމަށް ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުން، ލޯންސް އެންޑް ކެޕިޓަލް ވަރކްސް ފަންޑަށް ދޫކުރާ ފައިސާ.
    2. ލޯންސް އެންޑް ކެޕިޓަލް ވަރކްސް ފަންޑުން ދޫކުރި ލޯނުގެ ޕްރިންސިޕަލް އަދަދަށް ދައްކާ ފައިސާ.
    3. ދައުލަތުގެ މުދަލެއް ވިއްކައިގެން ލިބޭ ފައިސާ.
    4. ބައިނަލްއަޤުވާމީ ޖަމާޢަތަކުންވިޔަސް، އަދި އެހެން ފަރާތަކުންވިޔަސް، ކެޕިޓަލް ޚަރަދުކުރުމަށް އެއްވެސް ޝަރުޠަކާ ނުލައި، އެހީގެ ގޮތުގައި ދޭ ފައިސާ.
    5. ކެޕިޓަލް ޚަރަދުކުރުމަށް، ނުވަތަ އެހެންވެސް ކަމަކަށް އެކި ފަރާތްތަކުން ދައުލަތަށް ދޫކުރާ ލޯނުގެ ފައިސާއާއި، ދައުލަތުން ދަރަންޏަށް ހޯދާ ފައިސާ.
  • ލޯންސް އެންޑް ކެޕިޓަލް ވަރކްސް ފަންޑުން، ދައުލަތުގެ ފައިސާ ދޫކުރާނީ ތިރީގައިމިވާ ގޮތުގެމަތިންނެވެ.

    1. ދައުލަތުގެ ބަޖެޓުގައިވާ ގޮތުގެމަތިން ފައިސާ ދޫކުރުމަށް.
    2. ލޯންސް އެންޑް ކެޕިޓަލް ވަރކްސް ފަންޑަށް ދައުލަތުގެ ފައިސާ ޖަމާކުރީ ވަކި ބޭނުމެއްގައި ކަމުގައިވާނަމަ، އެ ބޭނުމެއް ހާސިލުކުރުމަށް.