ދައުލަތަށް ލިބޭ އެހީގެ އެއްބަސްވުމުގައާއި މި ގަވާއިދުގައިވާ ގޮތުގެމަތިން ބޭންކް އެކައުންޓު ހުޅުވައި ހިސާބުތައް ބަލަހައްޓައި، އަދި އެހީގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ފޯމެޓާ އެއްގޮތަށް، އެއްބަސްވުމުގައި ކަނޑައަޅާފައިވާ މުއްދަތުގައި މަޝްރޫޢުތަކުގެ މާލީ ހިސާބުތައް ތައްޔާރުކޮށް، އެ އޮފީހެއްގެ މާލީޒިންމާދާރުވެރިޔާ މިނިސްޓްރީ އޮފް ފިނޭންސްއަށް ހުށަހަޅަންވާނެއެވެ.
ދައުލަތަށް ލިބޭ އެހީގެދަށުން ހިންގޭ މަޝްރޫޢުތަކުގެ މާލީހިސާބުތައް އެހީގެ އެއްބަސްވުމުގައިވާ ގޮތުގެމަތިން އޮޑިޓްކުރުމުގެ ކަންކަން އެ އޮފީހެއްގެ މާލީޒިންމާދާރުވެރިޔާ ހަމަޖައްސަންވާނެއެވެ.